އ.ދ. އަތޮޅުގެ ރިސޯޓެއް ކައިރީގައި އޮތް ސަފާރީއެއްގައި އުޅުނު ދިވެހި ފިރިހެނެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މި އދ އަތޮޅުގެ ރިސޯޓެއް ކައިރީގައި އޮތް ސަފާރީއެއްގައި އުޅުނު ދިވެހި ޒުވާނަކު ގެއްލިގެން މިއަދު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
ގެއްލިގެން ހޯދަމުންދާ ފަރާތަކީ ނ. ހޮޅުދޫ / ސީވީޑް، ޢަލީ އަރުޝަދު (35 އަހަރު) އެވެ.
ސަފާރީގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކް މަތީގައި ހުއްޓާ މީހާ ވެއްޓި އަރިމަތީ ޖެހިފައި މޫދަށް ވެއްޓިފައިވާ ތަން ފެނިފައިވެއެވެ.
މި މީހާ ހޯދުމަށްޓަކައި އެމް.އެން.ޑީ.އެފް އަދި ފުލުހުން ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.

