މުސްލިމް ވޯލްޑް ލީގް ނުވަތަ ރާބިޠަތުލް ޢާލަމިލްއިސްލާމީގެ ދައުވަތަކަށް، އިސްލަމީ މުޖުތަމަޢުތަކުގައި އަންހެން ދަރިންނަށް ތައުލީމު ދިނުމާ ބެހޭގޮތުން ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް ބައިވެރިވެވަޑައިގެންފިއެވެ.
މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޝަހީމް މިއަދު ޕާކިސްތާނަށް ފުރާވަޑައިގެންނެވީ ދެ ދުވަހުގެ ދަތުރުފުޅެއްގައެވެ.
ޝަހީމަކީ މުސްލިމް ވޯލްޑްލީގްގެ ސުޕްރީމް ކައުންސިލްގެ މެންބަރެކެވެ. މި ލީގުގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް ޝަހީމް އައްޔަން ކުރައްވައިފައިވަނީ އޭޕްރީލް މަހުގެ ތެރޭގައެވެ. މި މަޖިލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޢިލްމީ ޝަހުސިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ ރާބިތަތުލް އާލަމިލް އިސްލާމީގެ އެންމެ މަތީ މަޖިލީހެވެ.

