އުތުރާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް މެޓުން ރީނދޫ ސަމާލު ނެރެފިއެވެ. ށ އަތޮޅުން ފެށިގެން ތ އަތޮޅަށް ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 09:00 އިން މެންދުރު 13:00 އަށެވެ.
މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
ފާއިތުވި 24 ގަޑިއިރުތެރޭ އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ މާލެއަށެވެ. އެއީ 130.7 މިލިމީޓަރުގެ ވާރޭއެވެ.
ރޭ ދަންވަރު މާލެއަށް ބޯކޮށް ވެހުނު ވާރެއާ ގުޅިގެން ފެންބޮޑުވެ، 13،882 ޓަނުގެ ފެން ހިންދައިފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދަނީ ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން ދަނީ އަބަދުވެސް އިލްތިމާސް ކުރަމުންނެވެ.

