މާލެއަށް ރޭ ކުރި ވިއްސާރައިގައި މަގުތައް ފެންބޮޑުވެ، ބައެއް ގޭގޭގެ ފާހަނަތަކުން ނަޖިސް ލީކުވުމުގެ މައްސަލަތައް ޖެހިފައިވެއެވެ. އަދި މިކަމުގެ ސަބަބުން އާންމު ދިރިއުޅުމަށް އުނދަގޫ ވެފައިވާ ކަން އެންޑީއެމްއޭ އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން ވިދާޅުވީ ރޭ މާލެއަށް ކުރި ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން 7 ގޭބިސީ އަކުން 44 މީހަކަށް އެއް ދުވަހަށް ވަގުތީ ބޯހިޔާ ވަހިކަމާއި ކެއުން ބުއިމުގެ އިންތިޒާމް ހަމަޖައްސާފައި ވާނެ ކަަމަށެވެ.
އެ ފަރާތްތައް ބަދަލު ކުރެވިފައި ވަނީ ގެތަކުގެ ފާހާނާ ތަކުން ނަގިސް ލީކުވުމާއި ކައްކާ ކައިބޮއެ ހެދުމަށް ބުރޫއަރާ އާންމު ދިރިއުޅުމަށް ހުރަސްއެޅިފައިވާ ހާލަތަކަށް ގޮސްފައިވާތީ ކަމަށް އެ އޮތޯރިޓީއިން ހާމަކޮށްފައިވެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މާލެއަށް މިހާރު ކުރަމުންދާ ވިއްސާރާއި ގުޅިގެން މާލޭ އޭރިއާ ކޮމާންޑުން ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި 528 ވެލި ބަސްތާ ޖަހާދީފައިވާ ކަމަށް ވިދާޅުވިއެވެ.

