“ފަހި ސުފުރާ” ނަމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފަރާތުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކާބޯތަކެތީގެ މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވައިލެވިފައެވެ.
މި މަޢުރަޒަކީ ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ ހުނަރުތައް އާންމުންނަށް ދައްކައިލުމަށް އަމާޒުކޮށް އެމްއެންޔޫ އިން އިންތިޒާމްކޮއްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މަޢުރަޒެކެވެ. ތަފާތު ވައްތަރުގެ ކާބޯތަކެތި ތައްޔާރުކުރާ އެކި ފަރާތްތަކަށް މި މަޢުރަޒުގައި އެއްވެސް އަގަކާއި ނުލައި މުޅިން ހިލޭ ބައިވެރިވުމަށް ވަނީ ހުޅުވާލެވިފައެވެ.
އެމްއެންޔޫގެ އިދާރީ މަރުކަޒުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި މަޢުރަޒު ކުރިއަށްދާނީ 13 އަދި 14 ފެބްރުއަރީ 2025 ވާ ދުވަހުގެ މެންދުރު 11:00 އިން ފެށިގެން ރޭގަނޑު 22:00 އާއި ހަމައަށެވެ.
މި މަޢުރަޒުގައި ބައިވެރިވުމަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅޭނެއެވެ.
“ފަހި ސުފުރާ” މަޢުރަޒުގައި ބައިވެރިވުމަށް ފޯމް ހުށަހެޅުމުގެ ސުންގަނޑި އަކީ 30 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 23:00 އެވެ.

