ވިލިމާލެ ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު އިސްމާއީލް ވަޢުދު ވީފަދައިން ކޮންމެ 3 މަހުން ދާއިރާގެ ރައްޔިތުންނާއި ދަނީ ބައްދަލުކުރަމުންނެވެ. އަދި އެންމެ ފަހުގެ ބައްދަލުވުން މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ.
މިއީ މެމްބަރ މުހައްމަދު އިސްމާއިލް، އެބޭފުޅާގެ ކެމްޕޭނުގައި ރައްޔިތުންނާއި ކުރި ވަޢުދެކެވެ. އަދި އޭގެ ފަހުން މެމްބަރު އަންނަނީ ސިލްސިލާ މީޓިންތައް ގަވާއިދުން ނަގަމުންނެވެ. މިދިޔަ ހުކުރު ދުވަހު ބޭއްވުނު ބައްދަލުވުމަކީ ރައްޔިތުންނާއެކު ބައްދަލުވުމެއް ބޭއްވުނު 5 ވަނަ ފަހަރެވެ.
ކޮންމެ 3 މަހުން ރައްޔިތުންނާއެކު ބޭއްވޭ މި ބައްދަލުުވުންތަކުގައި ރައްޔިތުން ވަނީ އެބައިމީހުންގެ ޝަކުވާތަކާއި، ތަރައްޤީއަށް ރޭވިފައި ހުރި ކަންކަމާއި އަދި ދާއިރާ ރައްޔިތުން އެދޭ ކަންކަން ހިއްސާކުރައްވާފައެވެ.
ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ފާހަގަކޮށްލެވެނީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެމީހުންގެ ޝަކުވާތައް ބަލައިގަނެ، ސަރުކާރުގެ ތެރެއިން ކެނޑިނޭޅި ބުރަ މަސައްކަތްތައް ކުރާ ފަރާތެއްގެ ގޮތުގައެވެ.

