ހުޅުމާލެއިން އިންޑިއާ ރައްޔިތެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ފަށައިފައެވެ. ހޯދަމުންދަނީ 41 އަހަރުގެ އުމޭޝް މާންޖީ އެވެ.
ފުލުހުން ބުނީ އުމޭޝް މާންޖީ އެންމެ ފަހުން ފެނިފައިވަނީ ޑިސެންބަރު 14 ވަނަ ދުވަހުގެ ހެނދުނު 7:00 ހާއިރު އޭނާ ދިރިއުޅޭ ހުޅުމާލެ ފޭސް 1 ގެ ޓެމްޕްލޭން 61 އިން ނިކުމެގެން ދިޔަ ތަނުގައެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ޚަބަރެއް ލިބިފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައި ވެއެވެ.
ފުލުހުން ބުނީ އުމޭޝް މާންޖީ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ނުވަތަ އުޅޭތަނެއް ދެނެގަނެވިފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އާންމު ރައްޔިތުންގެ އެހީތެރިކަމަށް އެދިފައެވެ. އުމޭޝް މާންޖީއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، ލަސްނުކޮށް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ އިންވެސްޓިގޭޝަން ނަންބަރު 9980062 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދެފިއެވެ،

