ވައްކަމުގެ މައްސަލައެއްގައި ގޭ ބަންދުކޮށްފައިވާ މީހަކު ވައްކަމުގެ އިތުރު މައްސަލައެއްގައި އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން، މި ފިރިހެނާ ހައްޔަރުކުރެވުނީ އަގުބޮޑު ފޯނުތަކެއް ވަގަށް ނެގުމުގެ ތުހުމަތުގައެވެ. ފުލުހުން އޭނާ ހުއްޓުވިއިރު، އޭނާގެ އަތުން އެ ފޯނުތައް ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
އެ މީހާއަކީ ކުރިން ވެސް ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށް ފަހުން ގޭބަންދަށް ހުކުމްކޮށްފައިވާ މީހެކެވެ.
ހައްޔަރުކުރެވުނު މީހާ ފުރަތަމަ ބުނެފައިވަނީ އެ ފޯނުތަކަކީ ރައްޓެއްސަކު ވިއްކަން ދިން އެއްޗެހި ކަމަށެވެ. ނަމަވެސް ފަހުން ކޯޓުގައި ބުނެފައިވަނީ އެއީ ފުލުހުން “ކާޓެލްއެއް” ބަލައި ފާސްކުރިއިރު ބޭރަށް ނެރެފައި ހުރި ދަބަހަކުން ނެގި އެއްޗެހި ކަމަށެވެ.
ފުލުހުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ސީސީޓީވީ ފުޓޭޖް ހިމެނެއެވެ. މި ފުޓޭޖުން ފެންނަނީ ފިހާރައެއްގެ ދޮރަށް ގެއްލުންދޭ މަންޒަރާއި، އެ ސަރަހައްދުން މި ފިރިހެނާ ހިނގާފައިދާ މަންޒަރެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މިފަދަ މައްސަލަތައް އިތުރުވަމުން ދިއުމާ ގުޅިގެން، ފުލުހުން ވަނީ އާންމުންނަށް އިތުރު ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

