ކެފޭއެއްގެ ތެރޭގައި ޖޫސް ތައްޓެއް ބޯން އިން މީހަކު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
"ހުވަދޫ" މީޑިއާ އަށް މައުލޫމާތު ލިބުނު ގޮތުގައި މަރުވެފައިވަނީ މާފަންނު ޝާރިއު ވަރުދީ މަގުގައި ހުންނަ ޒެން ބިސްޓްރޯ ކެފޭ ތެރޭގައި ޖޫސް ތައްޓެއް ބޯން އިން މީހެކެވެ.
މި މައްސަލަ އާ ގުޅޭ ގޮތުން "ހުވަދޫ" މީޑިއާ އަށް ޒެން ބިސްޓްރޯ ކެފޭ އިން މައުލުމާތު ދިން ގޮތުގައި މަރުވެފައިވަނީ ދުވަސްވީ ފިރިހެނެއް ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ ވަނީ މަރުވެފައެވެ.
ކެފޭ އިން އިތުރަށް ބުނީ، އެމީހާ ކެފޭ އަށް ވަދެގެން އައިސް ދެ ތިން މިނިޓު ވެސް ނުވާނެ ކަމަށާއި ޖޫސް ތަށި ބޯން އިންދައި ހަބަރު ހުސްވީ ކަމަށެވެ. މި މައްސަލައިގައި އެވަގުުތު ސީންގައި ހަރަކާތްތެރިވި ފުލުހުން ވަނީ އޭނާ މަރުވެފައިވާ ކަމަށް ބުނެފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އިތުރު ތަފްސީލު އަންނަނީ..

