މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މިއަދު ހެނދުނު 11:30 އިން ފެށިގެން މިއަދު 15:30 އަށް ސަމާލު ނެރެެފައިވާއިރު، މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓުން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަަމަށް ވެސް ލަފާކޮށްފައިވެއެވެ.
މިދުވަސްކޮޅަކީ ރާއްޖޭގެ މޫސުން ގޯސްވެ ބޯކޮށް ވާރޭވެހެމުން އަންނަ ދުވަސްކޮޅެކެވެ. އެހެންކަމުން، މެޓުން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެދި އިލްތިމާސްކޮށްފައެވެ.
2025 ޖަނަވަރީ 13 ވަނަ ދުވަހުން ފެށިގެން 2025 ޖަނަވަރީ 18 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

