ޓްރިމަރަކާއި ފަސް ފޮށި ގަލަން ވަގަަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިއީ އޭނާ ހައްޔަރުކުރާ 122 ފަހަރެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށީ ލަކީހައުސް ސަފްވާން އަލީއެވެ.
ރެކޯޑްތައް ދައްކާ ގޮތުން އެކިއެކި މައްސަލަތަކުގައި އެތައް ފަހަރަކު އޭނާ ހައްޔަރުކޮށްފައިވެ އެވެ.
ރަސްފަންނު ބީޗުން ދަބަހެއް ވަގަށް ނަގައިގެން މިދިޔަ އަހަރު ފަހުކޮޅުވެސް އޭނާ ހައްޔަރުކޮށްފައިވެއެވެ.
ސަފްވާން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާފައިވެ އެވެ.

