މާލޭގައި ހުންނަ ސެނެހިޔާ ހޮސްޕިޓަލުގެ ކައިރިން ޒަހަމްވެފައިވާ ދިވެއްސަކު ފެނިއްޖެއެވެ.
މިކަމާ ގުޅޭގޮތުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މިއަދު ހެނދުނު ސެނެހިޔާ ހޮސްޕިޓަލާ ކައިރިން ހަށިގަނޑުގައި އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އޮއްވާ ފެނިގެން ފުލުހުންނަށް އެކަން އަންގާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ރިޕޯޓު ލިބުމާއެކު ވަގުތުން އެ ސަރަހައްދަށް ފުލުހުން ގޮސްފައިވެއެވެ.
އަދި އަނިޔާ ލިބިފައިވާ ފަރާތަށް ބޭސްފަރުވާ ހޯދައިދިނުމަށްޓަކައި ސެނެހިޔާ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ވަގުތު ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

