ޓޭޑް ޖަމިއްޔާއަށް ދެ އަހަރު ފުރުމާއި ގުޅިގެން ތިނަދޫގެ އަންހެން 2 ޓީމެއްގެ މެދުގައި އެކުވެރި ކަމުގެ ކުޅޭ ފުޓްސަލް މެޗެ ފަށައިފިއެވެ.
ތިނަދޫ އާރުއަވަށު ޓާރފް ދަނޑުގައި މިއަދު ހަވީރު 5:00 ޖެހި ކުޅެން ފެށުނު މެޗްގެ ޝަރަފްވެރި މެހުމާނަކީ ތިނަދޫ ޑަބްލިއުޑީސީގެ ރައީސާ ޖީޒާ ހަސަން އެވެ.
ތިނަދޫގައި އެންމެ ފަހުން ބޭއްވި އަންހެން ފުޓްސަލް މުބާރާތުގެ ފައިނަލުގައި ވާދަ ކުރި ދެޓީމް ގެ ކޯޗުންނަކީވެސް ތިނަދޫގެ މަޝްހޫރު ފުޓް ބޯޅަ ކުޅުންތެރިން ކަމަށް ވާ އާޒިިމްހުސެއިން އެންޑީ އަދި އިބްރާހިމް އަޒުވަރު ކައިންޑޭއެވެ.
އަދި ދެޓީމަށް ނަންދީފައިވަނީ ޓީމް އެންޑީ އަދި ޓީމް ކައިންޑޭގެ ނަމުންނެވެ. މިދެޓީމްގެ ކުޅުން ކުރިއަށް ފެށިގެންދާއިރު މިހާތަނަށް ދެޓީމުންވެސް ރަނގަޅު ކުޅުމެއް ކުޅެމުންދާކަން ފާހަނގަ ކޮށްލެވެއެވެ.

ޓޭޑްގެ އަހަރީ ދުވަހަކީ 9 ސެޕްޓެމްބަރެވެ. ތަފާތު އެކި ސަބަބުތަކާހެދި އަހަރީ ދުވަހާއި ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތްތައް ވަނީ ލަސްކުރެވިފައެވެ. މިގޮތުންއަހަރީ ދުވަހާއި ގުޅުވާގެން ޓޭޑްގެ އޮފީސް ވަނީ ރަސްމީކޮށް ހުޅުވާފައެވެ.

