ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އުޅޭތަނެއް ނޭނގި ޗިޓު ރައްދު ނުކުރެވޭތީ ފުވައްމުލައްސިޓީ އަންހެނަކު ހޯދަން އިއުލާންކޮށްފިއެވެ.
ފުލުހުން ހޯދަމުންދަނީ ޏ. ފުވައްމުލައް، މިސްކިތްމަގު، މީޓް ގޭގެ އާއިޝަތު ޝަހުމާ (27 އަހަރު) އެވެ. އޭނާގެ އައިޑީ ކާޑު ނަންބަރަކީ A275478 އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުޅުމާލެ ފޭސް 1 ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ސުވާލުކުރުމަށްޓަކައި އާއިޝަތު ޝަހުމާ ހާޒިރުކުރަން ބޭނުންވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަނީ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އާއިޝަތު ޝަހުމާ ހާޒިރުވާން އަންގާފައިވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް 2025 ޖަނަވަރީ 21 ވަނަ ދުވަހުގެ 14:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށެވެ. އޭނާ ހާޒިރުކުރެވެނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

