ގެމަލޭންޑް އިން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުންއަންނަ ވެޓަރަންސް ފުޓްސަލް މުބާރާތް 2025 ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
35 އަހަރުން މަތީގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވާ ވެޓަރަންސް މުބާރާތަކީ ގއ އަތޮޅުގައި ބާއްވާ މިފަދަ ފޯރިގަދަ މުބާރާތެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާ ކަމަށް ގެމަލޭންޑްގެ ފަރާތުން މި ނޫހަށް މައުލޫމާތުދީފައިވެއެވެ.

މިދިޔަ އަހަރު ބޭއްވި ވެޓަރަންސް ފުޓްސަލް މުބާރާތުގެ ތެރެއިން / ފޮޓޯ: ގެމަލޭންޑް ޓީވީ
މިފަހަރު މުބާރާތަކީ އެހެން އަހަރުތަކާއި ހިލާފަށް ފުރިހަމަ އަދި ފޯރިގަދަ މުބާރާތަކަށް ވާނެކަމަށް ގެމަލޭންޑުން ދެކެއެވެ. އަދި މިއަހަރުގެ މުބާރާތުގައި އިތުރަށް ފޯރިގަދަ ކުރުމުގެ ގޮތުން ތަފާތު 3 ޓީމަކަށް ފުރުސަތު ދޭނެއެވެ. ގެމަނަފުއްޓާއި އެންމެ ކައިރިން ގއ ކޮނޑޭ އަދި ގއ ކަނޑުހުޅުދޫގެ ވެޓަރަންސް ޓީމަށް ފުރުސަތު ދޭނެއެވެ. އެއީ ކުރީއަހަރުގެ މުބާރާތުގައި ފުރުސަތު ބޭނުންވެގެން އެދިފައިވާ ދެ ޓީމެވެ.

މިދިޔަ އަހަރު ބޭއްވި ވެޓަރަންސް ފުޓްސަލް މުބާރާތުގެ ތެރެއިން / ފޮޓޯ: ގެމަލޭންޑް ޓީވީ
މީގެ އިތުރުން ގެމަނަފުށީގައި ހަރަކާތްތެރިވާ ބިދޭސީންނަށް 1 ޓީމުގެ ފުރުސަތު ދީފައިވެއެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 07 މާރޗް 2024 ގައެވެ. މުބާރާތައި ގުޅިގެން އިތުރު މައުލޫމާތު ސާފުކޮށްލަން ބޭނުންވެއްޖެ ނަމަ 9990570 އާއި ގުޅުއްވުމުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ގެމަލޭންޑުން މައުލޫމާތު ދެއެވެ.

މިދިޔަ އަހަރު ބޭއްވި ވެޓަރަންސް ފުޓްސަލް މުބާރާތުގެ ތެރެއިން / ފޮޓޯ: ގެމަލޭންޑް ޓީވީ
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ގެމަނަފުށީ ކައުންސިލެވެ. ގެމަނަފުށީ ކައުންސިލަކީ ގެމަނަފުށީގައި މިފަދަ ހުރިހާ ކަމަށް އެހީތެރިވެ ބައިވެރިވާ ކައުންސިލެކެވެ.

