ހުޅުމާލޭގައި ޓެކްސީން ދަތުރު ކުރުމަށްފަހު ފައިސާ ދޭން ދެކޮޅު ހެދި ދިވެހި އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ، ދިވެހި އަންހެނަކު ޓެކްސީން ދަތަުރު ކުރުމަށް ފަހު ފައިސާ ނުދޭ މައްސަލައެއް ފުލުހުންނަށް ރޭ 8:30 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ވަނީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަންވެސް ހާމަކޮށްފައެވެ.
މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެނިގެން ދަނީ އެ އަންހެން މީހާ ކައިރީގައި ފުލުހަކު ހަރަކާތްތެރިވަމުންދާ މަންޒަރެވެ. އަދި ފުލުހުންގެ ވެހިކަލްގައި އޭނާ ގެންދާ މަންޒަރުވެސް ފެނިގެން ދެއެވެ.

