އޮޔާދިޔަ މީހަކު އެމްޓީސީސީ ފެރީއަކަށް ނެގުމަށްފަހު، މެރިން ޕޮލިސް ލޯންޗުގައި މާލެ ގެނެސް، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދީފި އެވެ.
މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިއަދު ހަވީރު 3:55 ގައި ވިލިމާލޭގައި މޫދަށް އެރި އުޅުނު މީހަކު އޮޔާދަމާގައި ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުންގެ ބުނީ، އޮޔާދަމާގައި އުޅުނު މީހާ ވަނީ އެމްޓީސީސީގެ ފެރީއަކަށް ނަގައި ސަލާމަތްކޮށްފައިވާކަމަށާއި ވަގުތީ ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށްޓަކައި މާލެ ގެނެވިފައިވާ ކަމަށެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެމީހާގެ ޙާލަތު މިހާރު ރަނގަޅު ކަމަށެވެ. އޮޔާދަނިކޮށް ސަލާމަތްކޮށްފައިވަނީ ދިވެހި ފިރިހެނެކެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

