ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގއ. ދާންދޫގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން އެރަށުގައި ހަރަކާތްތެރި ވެއްޖެއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެމުން ބުނީ، ގއ. ދާންދޫގައި ފެންބޮޑުވެފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 9:00 ހާއިރު ކަމަށެވެ. މި މަޢުލޫމާތު ލިބުމާއެކު، ގދ. ތިނަދޫ ފަޔަރ ސްޓޭޝަނުގެ ސިފައިން ވަނީ އަވަހަށް ހަރަކާތްތެރިވެ، ގއ.ދާންދޫއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ފެން ހިންދުމަށް ހިންގުނު އޮޕަރޭޝަނުގައި، މިއަދު މެންދުރު 12:00 ހާއިރު ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިންދައި، އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް އެމްއެންޑީއެެފުން ބުންޏެވެ.
މީގެ އިތުރުން، މި އޮޕަރޭޝަނުގެ ތެރެއިން އެމްއެންޑީއެފުން ވަނީ ވެލިބަސްތާ ޖެހުމަށްޓަކައި ގއ.ދާންދޫ ކައުންސިލަށް 200 ގޯނި ހަވާލުކޮށްފައެވެ.

