މިދިޔަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު މާލޭގެ ގެއެއްގައި ނިޔާވެފައި އޮއްވާ ފެނުނު ޒުވާނާގެ ހަށިގަނޑު، ޕޯސްޓްމޯޓަމަށްފަހު ރާއްޖެ ގެނެސް މިއަދު އަސްރު ނަމާދަށްފަހު އާސަހަރާގައި ވަޅުލައިފިއެވެ.
ނިޔާވެފައި އޮއްވާ ފެނިފައި ވަނީ މ. ތަރިވިލާގެ ހުސައިން އަހްމަދު 41އ އެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނިގެން އައިޖީއެމްއެޗްއަށް ގެންދިޔައީ އެ ދުވަހުގެ ހެނދުނެވެ.
ފުލުހުން ވަނީ އެދުވަހު ހުސައިން އަހުމަދުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.
ފުލުހުންގެ ނިންމުމާ އެއްގޮތަށް، ހުސައިން އަހްމަދުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންދިއުމަށްފަހު، ޕޯސްޓްމޯޓަމް ނިމުމާއެކު، އޭނާގެ ހަށިގަނޑު އަނބުރާ ރާއްޖެ ގެނެވި، މިއަދު އަސްރު ނަމާދަށްފަހު އާސަހަރާގައި ވަނީ ވަޅުލާފައެވެ.
ފުލުހުން ދަނީ މިމައްސަލަ ތަޙްޤީޤު ކުރިއަށް ގެންދަމުންނެވެ.
ހުސައިން އަހްމަދަކީ މިދިޔަ އޮކްޓޯބަރު މަހު ތެރޭގައި ކުށެއްގެ ތުހުމަތުގައި ފުލުހުން ހޯދަން އިޢުލާންކުރި މީހެކެވެ.

