މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިއުލާންކޮށްފިއެވެ.
މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ.
މި މައްސަލައިގައި ހޯދަމުންދަނީ އިތާ / ލ. މާވަށް، ޙުސައިން ނާއިސު މުޙައްމަދު (30 އަހަރު) އެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އޭނާ ހާޒިރުކުރަމުންދަނީ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށެވެ. އަދި އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވެއެވެ.
ފުލުހުން ވަނީ 2025 ޖަނަވަރީ 25 ވަނަ ދުވަހުގެ 16:00 އަށް ނުވަތަ ވީ އެންމެ އަވަހަކަށް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އޭނާއަށް އަންގާފައެވެ.

