ދެމަފިރިއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ދެމަފިރިއެއްގެ ދެމެދުގައި ހިނގި މަރާމާރީއެއްގެ މައްސަލައެއް ފުލުހުން ތަހުގީގުު ކުރަމުންދާ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން މިކަން ހާމަކޮށްފައި ވަނީ، މީގެ ދެމަސް ކުރިން ސައިކަލެއްގެ މަޑިދަށުން 4 ލައްކަ ރުފިޔާ ނެގި މައްސަލައިގައި ހައްޔަރު ކުރި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޖަހަންގިރު އާލަމް، އޭނަގެ އަނބިމީހާއަށް އަނިޔާ ކުރި މައްސަލައެއް ތަހުގީގު ކުރަމުން ދޭތޯ ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެންނެވެ. ފުލުހުން ބުނީ މިކަމާ ގުޅުންހުރި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޖަހަންގިރު އާލަމް ހައްޔަރު ކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އޭނާ ހައްޔަރުކުރީ ސައިކަލެއްގެ މަޑިދަށުން 442،750 ރުފިޔާ ނެގި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް، ފަހުން އޭނާ ވަނީ ދޫކޮށްލައިފައެވެ.

