މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.
އެމީހާއަކީ މަކަރާއި ހީލަތުގެ މައްސަލައަކަށް ތުހުމަތުކުރެވިގެން ފުވައްމުލަކު ސިޓީ ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެކެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ކުރި އިއުލާނުގައި، އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައިވެއެވެ.
އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

