ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއަށް މިދިޔަ އަހަރު 215 މިލިއަން ޑޮލަރު (3.3 ބިލިއަން ރުފިޔާ)ގެ ލޯނު ނަގާފައިވާކަން ހާމަވެއްޖެއެވެއެވެ. މިއީ މިދިޔަ އަހަރު ދައުލަތުން ނެގި ޖުމްލަ ލޯނުގެ 80 ޕަސެންޓެވެ.
ފިނޭންސް މިނިސްޓްރީން ވަންއޮންލައިން ނޫހަށް ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން މިދިޔަ އަހަރު ދައުލަތުން ޖުމްލަ 334 މިލިއަން ޑޮލަރު (5.2 ބިލިއަން ރުފިޔާ)ގެ ލޯނު ނެގިރިރު އޭހެ 80 އިން ސަައްތައަކީ ވީއައިއޭގެ ތަރައްގީއަށް ނަގާފައިވާ ލޯނ
ވީއައިއޭ ތަރައްގީ ކުރުމަށް ނެގި ލޯނުތަކުގެ ތެރޭގައި ހިމެނެނީ:
– ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓުން ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ)
– އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާއިން ނެގި 75 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)
– އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމެންޓުން ނެގި 40 މިލިއަން ޑޮލަރު (617 މިލިއަން ރުފިޔާ)
ޗައިނާގެ ބޭންކުން ނެގި ލޯނަކީ ވީއައިއޭ ޕްރޮޖެކްޓް ރީފައިނޭންސް ކުރުމާއި އަޕްގްރޭޑް ކުރުމަށް ނެގި ލޯނެކެވެ.
މި މަޝްރޫއުގެ ބައެއް މިދިޔަ އަހަރުގެ ޕީކް ސީޒަނަށް ހުޅުވުމަށް މި ސަރުކާރުން މަސައްކަތް ކުރިއެވެ. ނަމަވެސް، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވި ގޮތުގައި، އަޔާޓާއިން ލާޒިމްކޮށްގެން އެކުލަވާލާފައިވާ ރާއްޖޭގެ އެއާލައިން އޮޕަރޭޓާސް ކޮމެޓީ (އޭއޯސީ) އިން އެދުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު، މި އަހަރުގެ ޖޫން/ޖުލައިގައި ޓާމިނަލް ހުޅުވުމަށް ވަނީ ނިންމާފައެވެ.

