މާލޭގައި ހުރި ގެއެއްގައި މަސައްކަތްކުރާ އަންހެނަކު، އެގޭގެ 3 އަހަރުގެ ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ދިވެހި ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރުގެ މަޢުލޫމާތަށް ބަލާއިރު، މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެއެވެ. އަނިޔާކުރި ކަމަށް ތުހުމަތުކުރެވޭ ފަރާތަކީ ނޭޕާލް އަންހެނެކެވެ.
މިނޫހަށް މައުލޫމާތު ލިބިފަައިވާ ގޮތުގައި އެ 3 އަހަރުގެ ކުޑަކުއްޖާއަކީ އޯޓިޒަމް މައްސަލައެއް ހުންނަ ކުއްޖެކެވެ.
މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަައެވެ.

