އެވިޑްކޮލެޖުން 2025 ވަނަ އަހަރުގެ ޖަނަވަރީ ސެމިސްޓަރަށް ދަރިވަރުން ވެއްދުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.
މި ފުރުޞަތުގެ ދަށުން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް، އެ ކޮލެޖުން ހިންގާ ހުރިހާ ޕްރޮގްރާމެއްގައި ބައިވެރިވުމަށް ކުރިމަތިލެވޭނެއެވެ.
އެވިޑްކޮލެޖުން ދެއްވާ މަޢުލޫމާތުގައިވާ ގޮތުން، އެ ކޮލެޖުން ހިންގާ ގިނަ ޕްރޮގްރާމްތަކަކީ އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކެކެވެ. އަދި ސެޓިފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ލެވެލްއާ ހަމައަށް ތަފާތު ޕްރޮގްރާމްތައް އެ ކޮލެޖުން ހިންގައެވެ.
ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ ޕްރައިވެޓް މަރުކަޒެއްގެ ގޮތުގައި ހިންގާ އެވިޑްކޮލެޖަކީ، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންގެ ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ހިންގާ ހަމައެކަނި ކޮލެޖެވެ. ފާއިތުވި 2024 ވަނަ އަހަރު އެ ކޮލެޖުން ހިންގި އެކި ޕްރޮގްރާމްތަކުން 700 އަށްވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވި ސަނަދު ހާސިލު ކޮށްފައެވެ.
އެވިޑްކޮލެޖުން ހިންގާ ޕްރޮގްރާމްތަކާ ބެހޭ އިތުރު މަޢުލޫމާތު އެ ކޮލެޖުގެ ވެބްސައިޓް www.avidcollege.edu.mv އިން ލިބެން ހުންނާނެ ކަމަށް އެ ކޮލެޖުން ވަނީ ބުނެފައެވެ.

