މާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.
ފުލުހުން ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާގޮތަށް އަދި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފަށައިފައިވާކަމަށެވެ.
އަދި މި މަސައްކަތަކީ، އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު އެއްގަމު ދަތުރުފަތުރު ކުރެވޭނެ އެކަށީގެންވާ މާހައުލެއް ޤާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ވެހިކަލްތައް ގިނަވެ މާލެ ތޮއްޖެހިފައިވާ މައްސަލަ ބޮޑުވެ އެ މައްސަލައަށް ހައްލު ހޯދުުުމުގެ ގޮތުން މިހާރު ފުލުހުން ގެންދަނީ ދޭތެރެ ދޭތެރެއިން މަގުތަކުގައި ތިބޭ ވެހިކަލްތައް ނަގަމުންނެވެ.

