ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރ. އަތޮޅު ރަސްގެތީމަށް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުން އެމަނިކުފާނަށް ހޫނު އަދި އުފާވެރި މަރުޙަބާއެއް ދަންނަވައިފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށް، އެ ރައްޔިތުންގެ އުންމީދުތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.
ރަސްގެތީމުގެ ރައްޔިތުން ރައީސަށް ދެއްނެވޖ މަރުޙަބާގެ ތެރޭގައި ރަށުގެ ކުޑަކުދިންނާއި ޒުވާނުން އަދި އިސް ރައްޔިތުން ބައިވެރިވިއެވެ.
މި ދަތުރުފުޅުގައި ރައީސް ރަސްގެތީމުގެ އެކި ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި، ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުން މަޢުލޫމާތު ހޯއްދަވައި، ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ރަށުގެ އިސް ފަރާތްތަކާއެކު ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

