މިއަހަރަކީ މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމުގެ ތަރައްޤީގައި ހަގީގީ ކުލަ ޖައްސާނެ އަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަތޮޅުތެރެއަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި ރަސްގެތީމު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ކެމްޕޭންގައި ރަސްގެތީމަށް ވެވަޑައިގެންފައިވާ ގިނަ ވަޢުދުތަކެއް ފުރިހަމަ ކުރެއްވުމުގެ ގިނަ މަސައްކަތްތަކެއް މިއަހަރު ކުރިއަށް ގެންދަވާނެ ކަމަށެވެ. މިގޮތުން، ރަސްގެތީމުގެ ބަނދަރުގެ މަސައްކަތް، ސްކޫލަށް ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލު އިތުރުކުރުން، ފުޓްސަލް ދަނޑު އެޅުން، ކުނި މެނޭޖުކުރުމުގެ މަސައްކަތް، ފެނާއި ނަރުދަމާގެ މައްސަލަތައް ޙައްލުކުރުން އަދި މައި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.
“ކުރިއަށް އޮތް ދުވަސްތަކުގައި ކައުންސިލާއި އަޅުގަނޑުމެންގެ ވުޒާރާ ގުޅިގެން ތަރުތީބުވާނެ. ނަތީޖާއަކީ ގިނަ ދުވަސްތަކެއްވެފައިވާ މިރަށުގައި ނުކުރެވިހުރި ގިނަ ކަންކަންކުރެވި އުފާފާގަތިކަން ލިބުން. އެހެން ރަށްރަށާއި އެއްގޮތަށް އެއް އިސްކަމެއްދީގެން ކުރިއަށްދާނެ”. ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއަހަރަކީ ރަސްގެތީމުގެ ތަރައްޤީގައި ހަގީގީ ކުލަ ޖައްކުލަ ޖައްސަވާނެ އަހަރުކަމަށެވެ. ގިނަ މަޝްރޫޢު މިއަހަރު ނިންމަވައި، އުންމީދަކީ ރައްޔިތުން އެދޭނަމަ މިއަހަރު އިތުރު ދަތުރުފުޅެއްގައި ރަސްގެތީމަށް ވަޑައިގަތުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

