އަންނާރު ޖޫހުގެ ހައިރާން ކުރުވަނިވި ޞިއްޙީ ފައިދާތައް
އަންނާރަކީ ޒަމާނުއްސުރެ އިންސާނުން ކެއުމުގައި ބޭނުންކުރަމުން އަންނަ، ފައިދާ ބޮޑު މޭވާއެކެވެ. ޚާއްޞަކޮށް އަންނާރު ޖޫސްގެ ގޮތުގައި މިމޭވާ ބޭނުންކުރުމުން ލިބޭ ގިނަގުނަ ފައިދާތަކަކީ ސައިންޓިފިކް ދިރާސާތަކުން ސާބިތުވެފައިވާ ކަންކަމެވެ.
ޖިންސީ ހޯމޯން އިތުރުކުރުން
އަންނާރު ޖޫހަކީ ޖިންސީ ހޯމޯން (ޓެސްޓޮސްޓެރޯން) އިތުރުކޮށްދޭ ޤުދުރަތީ ވަސީލަތެއްކަން ސައިންޓިފިކް ދިރާސާތަކުން ދައްކައެވެ. 21 އަހަރާއި 64 އަހަރާ ދެމެދުގެ 58 މީހުންގެ މައްޗަށް ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި، އަންނާރު ޖޫސް ބޭނުންކުރުމުން ޓެސްޓޮސްޓެރޯން ލެވެލް 16 އާއި 30 ޕަސެންޓާ ދެމެދުގެ މިންވަރަކަށް މަތިވެއެވެ. މީގެ ސަބަބުން ޖިންސީ ހީވާގިކަން އިތުރުވެ، އުފާވެރި ޖަޒުބާތުތައް އިތުރުވެއެވެ.
ލޭގެ ޕްރެޝަރާއި ހަށިގަނޑުގެ ޞިއްޙަތު
އަންނާރު ޖޫހުގައި އެކުލެވޭ ޤުދުރަތީ މާއްދާތަކުގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރެއެވެ. އަދި ހަމައެހެންމެ ބަނޑުގެ މަސްތައް ވިރުވާލުމަށްވެސް އެހީތެރިވެދެއެވެ. މީގެއިތުރުން، އަންނާރުގައި ހިމެނޭ އެންތޯސައިނިންސް އިން ލޭނާރުތައް ހިމާޔަތްކޮށް، ހަށިގަނޑުގެ އިންފްލެމޭޝަން ކުޑަކޮށްދެއެވެ.

އަންނާރު ޖޫހުގެ ހައިރާން ކުރުވަނިވި ޞިއްޙީ ފައިދާތައްގިނަ/ފޮޓޯ:އައިސްޓޮކް
މުހިންމު ނިއުޓްރިއަންޓްސް
އަންނާރުގައި އަޔަން، ވިޓަމިން އޭ، ސީ އަދި އީ ފަދަ މުހިންމު ނިއުޓްރިއަންޓްސް އެކުލެވެއެވެ. ޚާއްޞަކޮށް ވިޓަމިން އީ އިން އަލްޒައިމާ ބަލިން ރައްކާތެރިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރެއެވެ. މީގެއިތުރުން، އަންނާރުގައި ހިމެނޭ ފްލޭވޮނޮއިޑް، ޓެންނިންސް އަދި އެންތޯސައިނިންސް ފަދަ އެންޓި އޮކްސިޑެންޓްތަކުން ކެންސަރުގެ ބާވަތްތަކުން ރައްކާތެރިކޮށްދެއެވެ.
ނަފްސާނީ ދުޅަހެޔޮކަން
އަންނާރު ޖޫހަކީ މޫޑު ރަނގަޅުކޮށް، ސިކުނޑީގެ މަސައްކަތްތައް އަވަސްކޮށްދޭ އެއްޗެކެވެ. އަދި ސްޓްރެސް ކުޑަކުރުމަށްވެސް އެހީތެރިވެދެއެވެ. މިކަމުގެ ސަބަބުން ދުވަހުގެ މަސައްކަތްތަކުގައި ހީވާގިކަމާއެކު ބައިވެރިވެވެއެވެ.
ބޭސްވެރިކަމުގައި ބޭނުންކުރުން
އަންނާރުގެ އޮށްތަކާއި ބޭރުތޮށި އެތެރެހަށީގެ ބަލިތަކާއި، ބަނޑުގެ ބަލިތަކާއި، ބަނޑުހިކުމުގެ މައްސަލަތަކަށް ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވެއެވެ. މިއީ ޒަމާނުއްސުރެ ދިވެހި ބޭސްވެރިކަމުގައިވެސް ބޭނުންކުރަމުން އަންނަ މުހިންމު މާއްދާއެކެވެ.
އަންނާރު ޖޫހަކީ ހަށިގަނޑުގެ ޞިއްޙަތަށް ވަރަށް ގިނަ ފައިދާތަކެއް ލިބޭ، ޤުދުރަތީ ބުއިމެކެވެ. ޚާއްޞަކޮށް ޖިންސީ ހޯމޯން އިތުރުކުރުމާއި، ލޭގެ ޕްރެޝަރު ދަށްކުރުމާއި، ހަށިގަނޑު ދުޅަހެޔޮކޮށް ބެލެހެއްޓުމަށް މިއަށްވުރެ ރަނގަޅު ޤުދުރަތީ ވަސީލަތެއް ލިބިގެނެއް ނުދާނެއެވެ.

