ރާއްޖޭގައި މީހުންނަށް އޮޅުވާލައިގެން އަސ××ަަަަަަަަަަަަަަަަަަަަަަަ ރޫހާނީ ފަރުވާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި އިންޑިއާގެ 3 މީހަކު ހައްޔަރުކޮށް، އެ މީހުން ޑީޕޯޓްކޮށްލުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި 3 މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ކަމަށެވެ. މިހާރު އެ މީހުން ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ.
ހައްޔަރު ކުރެވުނު 3 މީހުންނަކީ:
- ދަނަންޖޭ ބައިލަޕަތީ (18 އަހަރު)
- ނާގަރާޖަ ބައިލަޕަތީ (39 އަހަރު)
- ސްރީހަރިވަނަމް (25 އަހަރު)
“އެ މީހުން ޑީޕޯޓްކުރުމުގެ މުގެ މަސައްކަތް ކުރިއަށް އެބަދޭ،” އިމިގްރޭޝަނުން ކުރި ޕޯސްޓުގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ރައްޔިތުންނަށް އިލްތިމާސްއެއް ކޮށްފައެވެ. އެގޮތުން، ދިވެހިންގެ ސަގާފަތާއި ދީނާ ޚިލާފު މިފަދަ ކަންކަމުގެ މަޢުލޫމާތު އެކަކު އަނެކަކާ ހިއްސާކުރުމުގެ ބަދަލުގައި، ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސް، ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި ފުލުހުން ބުނެފައިވެއެވެ.
މީގެ އިތުރުން، “މާސްޓާ ދުރްގާ ރާއޯ ގުރުޖީ” ނަމަކަށް ކިޔާ މީހަކު ރާއްޖޭގައި ރޫހާނީ ފަރުވާގެ ޚިދުމަތްތަކެއް ދޭކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލައެއްވެސް ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ.

