ރޯލިން ޓޮބޭކޯ ނުވަތަ އޮޅައިގެން ބޯ ދުންފަތް މަނާ ނުކުރަން ސަރުކާރުން ނިންމައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ޝިޕްމަންޓްތައްްމަންޓްތައް ދޫކޮށްލައިފި އެވެ.
މި މަހުގެ ކުރީކޮޅު ހެލްތް މިނިސްޓްރީން ކަސްޓަމްސްއަށް އަންގާފައިވަނީ ދުންފަތާ ބެހޭ ގާނޫނަށް މި ފަހުން ގެނައި ބަދަލާ އެކީ، ދުންފަތް އޮޅަން ބޭނުންކުރާ އެކި ސާމާނު ވެސް މަނާވާނެ ކަމަށާއި، އެ ތަކެތި އެތެރެކޮށްފި ނަމަ އަތުލުމަށެވެ. މިގޮތުން މި މަހުގެ 2 ވަނަ ދުވަހު ދުންފަތުގެ ވިޔަފާރިވެރިން ގެނައި ޝިޕްމަންޓްތައް ކަސްޓަމްސްއިން ހިފަހައްޓާފައިވެ އެވެ. މީގެ ތެރޭގައި އޮޅުމަށް ބޭނުންކުރާ ދުންފަތާއި އޭގެ ފިލްޓަރު އަދި ކަރުދާސް ހިމެނެ އެވެ.
ނަމަވެސް، މިހާރު ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި އެފަދަ ޝިޕްމަންޓްތައް ދޫކޮށްލާފައިވާ ކަމަށް ވަނީ އެނގިފައެވެ..
އެހެންނަމަވެސް، ދުންފަތާއި ފިލްޓަރު އަދި އޮޅާ ކަރުދާސް ޝިޕްމަންޓް ދޫކުރި ނަމަވެސް ދުންފަތް އޮޅުމަށް ބޭނުންކުރާ މެޝިން ފަދަ ތަކެތި ކަސްޓަމްސްއިން އަދިވެސް ވަނީ ހިފަހައްޓާފައި ކަމަށާއި، އެތަކެތި ދޫނުކުރެވޭނެ ކަމަށް ކަސްޓަމްސްއިން އަންގާފައިވާ ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.
ރޯލިން ޓޮބޭކޯގެ ޝިޕްމަންޓްތައް ދޫކޮށްލިކަން ޔަގީންތޯ އޮޅުން ފިލުވުމަށް، ހުވަދޫމީޑިއާއިން ކުރި މަސައްކަތުން އެނގުނީ ގަންނަން ބޭނުންވާ ފަރާތްތަކަށް ހަބަރު ލިބުމާއެކު، ރޯލިންޓޮބޭކޯ ގަންނަން ދިޔަކަމާއި އަދި ގިނައަދަދެއްގެ މީހުން ގަތުމަށް ވަނީ ފިހާރަދޮށަށް ޖަމާވެފައެވެ.

