ފްރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައި މިއަދު ފަތިހު ރޯވި އަލިފާން، އެމްއެންޑީއެފް އިން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވާ ގޮތުގައި، ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު ފަތިހު 4:20 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު ފަޔަރފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.

ފުރުޓް ޓްރީ އެޕަލް ފިހާރަ ގުދަނުގައި ރޯވި އަލިފާން ނިއްވާލުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ސިފައިން ހަރަކާތްތެރިވަނީ/ ފޮޓޯ:އެމްއެންޑީއެފް
ފަޔަރފައިޓަރުންގެ މަސައްކަތުން އަލިފާން ކޮންޓްރޯލް ކުރެވުނީ ފަތިހު 5:27 ހާއިރުއެވެ. އަދި އަލިފާންގަނޑު މުޅިން ނިއްވާލެވުނީ ފަތިހު 6:00 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވި ނަމަވެސް އަލިފާން ރޯވި ގުދަނާއި ތަނުގައި ހުރި ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
މީހަކަށް އަނިޔާނުވި ނަމަވެސް ދެ މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެއީކީއްވެގެން ގެންދިޔަ ބައެއްކަމެއް އެނގިފައެއް ނުވެއެވެ

