ގއ ގެމަނަފުށީ އައިޑިއަލް ޖަމިއްޔާއިން އެރަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާޢްވާ ބީޗް ވޮލީ މުބާރާތުގެ ފުރަތަމަ މެޗުގައި ހޫ އެސްސީ އަދި ބީޗް ބަމްޕާސް ވާދަކުރި މެޗުން ހޫ އެސް ސީން ކާމިޔާބު ކޮށްފިއެވެ.
ގެމަނަފުށި ޒުވާންނުންނަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގެ ފުރަތަމަ މެޗު ހޫއެސްސީން ކާމިޔާބު ކުރީ 3 ސެޓު 1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 21-17 އިން ބީޗް ބަމްޕާސް ކާމިޔާބު ކުރިއިރު ދެވަނަ ސެޓު 21-12 އިން ކާމިޔާބު ކުރީ ހޫ އެސް ސީއ އެވެ. ނަތީއްޖާ ނެރުމަށް ކުޅުނު 3 ވަނަ ސެޓުގައި 15-5 އިން ކާމިޔާބު ކުރީ ހޫ އެސް ސީ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހޫ އެސްސީގެ ޖާޒީ ނަންބަރު 9 ސިނާހު މުހައްމަދުއެވެ. ސިނާހު ވަނީ މި މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.
މި މުބާރާތުގެ 2 ވަނަ މެޗުގައި ގެމަ ސިޓީ އަދި ވީބީ ސްޕައިކާސް ވާދަ ކުރި މެޗު ސީދާ 2 ސެޓުން ކާމިޔާބު ކުރީ ވީބީ ސްޕައިކާސް އެވެ.
މެޗުގެ ފުރަތަމަ ސެޓު 17-21 އިން ކާމިޔާބު ކުރީ ވީބީ ސްޕައިކާސްއެވެ. ދެވަނަ ސެޓު ވެސް ފަސޭހަ ކަމާއިއެކު 18-21 އިން ކާމިޔާބުކޮށް މެޗުން 3 ޕޮއިންޓް ވަނީ ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވީބީ ސްޕައިކާސް ގެ ޖާޒީ ނަންބަރު 1 މުހައްމަދު މަނިކު ( އަމޯ ) އެވެ.
މުބާރާތުގައި ޖުމްލަ 6 ޓީމަކުން ބައިވެރިވެފައިވާ އިރު މުބާރާތް ކުރިއަށްދާނީ 2 ގުރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ފުރަތަމަ މެޗު 24 ޖެނުއަރީ ގައި އޮންނާނެއެވެ. މި މެޗުގައި ވާދަކުރަނީ ހޫ ސްޕޯޓްސް ކުލަބު އަދި ބީޗް ބަމްޕާސް އެވެ. އަދި 2 ވަނަ މެޗުގައި ގެމަސީޓީ އަދި ވީބީ ސްޕައިކާސް ވާދަ ކުރާނެއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވާ ފައިސާގެ އިނާމަކީ 10،000 ( ދިހަހާސް ) ރުފިޔާއެވެ.އަދި ރަނަރަޕް ޓީމަށް 5000 ( ފަސްހާސް ) ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. މި މުބާރާތުގައި ކުޅުމުގެ ފުރުސަތު 15 އަހަރާއި 45 އަހާރައި ދެމެދުގެ ޒުވާނުންނަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 29 ޖެނުއަރީ 2025 ގައެވެ. މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

