ނ އަތޮޅުން ފެށިގެން ކ އަތޮޅަށް މެޓުން ހުދު ސަމާލު ނެރެފިއެވެ.
2025 ޖަނަވަރީ 24 ވަނަ ދުވަހުގެ 19:30 އިން ފެށިގެން ކ އަތޮޅާ ހަމަޔަށް މޫސުން ލަފާކޮށްފައިވާއިރު، މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އިން ވިދާޅުވީ، ބައެއް ރަށްތަަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާއިރު، ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
އަދި ދެކުނުގެ އަތޮޅުތަކުގައި ހުޅަނގުއުތުރާއި އުތުރުން، އެހެން ހިސާބުތަކުގައި އުތުރާއި އިރުއުތުރުން، ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށްވެސް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
މެޓް އިން ވިދާޅުވީ، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފަި ވިލާގަނޑުގައި ގަދަވާނެ ކަަމަށެވެ.
މެޓުން ވަނީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

