އައްޑޫ ސިޓީ މީދޫގެ މަތިކިޅި އިކޯ ގާޑެން ގައި އަލިފާން ރޯވެއްޖެއެވެ.
"ހުވަދޫ" މީޑިއާ އަށް މައުލޫމާތު ދިން މީހަކު ބުނެފައިވާ ގޮތުގައި އެއީ ހުޅުދޫއާ ވި ފަޅިން ރޯވި އަލިފާންގަނޑެކެވެ.
އަދި މިހާރު ފަޔަރ ލޮރީތަކާއި ފުލުހުން ވެސް އެ ސީންގައި ހަރަކާތްތެރިވަމުން ދާ ކަމަށް އެމީހަކު ބުންޏެެވެ.
އެނގިފައިވާ ގޮތުގައި އެތަނުގައި މިފަދަ ހާދިސާތައް އާއްމުކޮށް ހިނގައެވެ.

