އައްޑޫ ސިޓީއާއި 1278 ކިލޯމީޓަރު ދުރުން 5.5 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް ރިކޯޑްކުރެވިފައިވާ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސްއިން ވިދާޅުވި ގޮތުގައި، ރޭ ދަންވަރު 01:43 ހާއިރު އައްޑޫ ސިޓީ އާއި 1278 ކިލޯމީޓަރު ދުރުން 5.5 މެގްނިޓިއުޑްގެ ބާރުމިނުގައި ބިން ހެލުން ރެކޯޑް ކުރެވިފައިވާ ކަމަށެވެ.
މި ބިންހެލުން އައިސްފައި ވަނީ މިޑް އިންޑިއަން ރިޖު ސަރަހައްދަށް، 10 ކިލޯ މީޓަރު ފުނުން ކަމަށާއި ބިންހެލުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ރާއްޖެއަށް ނެތްކަމަށް އެއިދާރާއިން ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު އިއްޔެ ހެދުނު 11:29ގައި ރާއްޖޭގެ ވެރިރަށް މާލެ އާއި 11337 ކިލޯމީޓަރު ދުރުން 6.9 މެގްނެޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވެއެވެ. އެބިންހެލުމަކީ ވަނުއާޓޫ ސަރަހައްދަށް އައި ބިންހެލުމެކެވެ.

