އެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ލ.ގަން ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
މިތަކެތި ނައްތާލާފައިވަނީ މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ލ. ގަން ޕޮލިސް ސްޓޭޝަނުގައެވެ. އެގޮތުން 66 ފުޅި ބަނގުރާ ނައްތާލާފައިވެއެވެ.
މި ތަކެއްޗަކީ ލ.ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ހިފެހެއްޓިފައިވާ ތަކެއްޗެވެ.
ބަނގުރާ ނައްތާލުން ލ.ގަން ޕޮލިސް ސްޓެޝަންގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެމައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލާވާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

