ކ. ތުލުސްދޫގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން މެކޭނިކަލް ޓްރެއިނިންގ ސެންޓަރެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުގެ ތަފާތު އަދި ނުހަނު ހާއްސަ ކަމަކީ މީގެ އެންމެހާ ކަންކަން ރޭވި، ފަރުމާކޮށް، ތަންފީޒުކުރަމުން ގެންދަނީ ސްޓެލްކޯގެ މުވައްޒަފުން ކަމަށް ވުމެވެ. އެގޮތުން މި މެކޭނިކަލް ސެންޓަރ ފަރުމާކޮށްފައި ވަނީ ސްޓެލްކޯގެ ގާބިލު މުވައްޒަފުންނެވެ.
މި މަޝްރޫޢަކީ ސްޓެލްކޯގެ މުވައްޒަފުންގެ ހުނަރުވެރިކަމާއި ޤާބިލުކަން ދައްކުވައިދޭ މަޝްރޫޢެއްކަމަށާއި މި މެކޭނިކަލް ސެންޓަރ އިމާރާތުގެ ކުރެހުންތަކާއި ޕްލޭންތައް ތައްޔާރުކޮށްފައިވަނީ ސްޓެލްކޯގެ ގާބިލު މުވައްޒަފުންކަމަށްވެސް ސްޓެލްކޯ އެމްޑީ ހުސަައިން ފަހުމީ އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ ހާމަކުރައްވާފައެވެ
ފަހުމީ ވިދާޅުވީ މިއިމާރާތް ޤާއިމުކުރުމުގެ މަސައްކަތް، ޚިޔާލު އުފެއްދުމުން ފެށިގެން ތަންފީޒުކުރުމާ ހަމައަށް، މުޅިން ކުރިއަށް ގެންދަނީ ސްޓެލްކޯ މޯލްޑިވްސްގެ މުވައްޒަފުން ކަމަށާއި މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރައްވާފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކަށްޓަކައި، އެ ބޭފުޅުންގެ ވަފާތެރިކަމާއި އަޒުމަށް ތަޢުރީފުކުރައްވާ ކަމަށެވެ.
“މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކަށްޓަކައި އެ ފަރާތްތަކަށް ޝުކުރު އަދާކުރަން. މުވައްޒަފުންގެ ވަފާތެރިކަމާއި ހިތްވަރު ފާހަގަކޮށްލަން،” ސްޓެލްކޯ އެމްޑީ ހުސަައިން ފަހުމީ
.

