ގއ ގެމަނަފުށީ އައިޑިއަލް ޖަމިއްޔާއިން އެރަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާޢްވާ ބީޗް ވޮލީ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ހޫއެސްސީ އަދި ބީވީ ސްޕައިކާސް ވާދަކުރާނެއެވެ.
ގެމަނަފުށި ޒުވާންނުންނަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގެ ފުރަތަމަ މެޗު ހޫއެސްސީން ކާމިޔާބު ކުރީ 3 ސެޓު 1 ސެޓުންނެވެ. ދެވަނަ މެޗުގައި ޑަޒަންޓް މެޓާ އާއި ވާދަކޮށް ސީދާ ދެ ސެޓުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ހޫ ސްޕޯޓްސް ކުލަބު ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ.
ވީބީ ސްޕައިކާސް ވަނީ ކުޅުނު ފުރަތަމަ މެޗުގައި ގެމަ ސިޓީ އަތުން ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގެ 2 ވަނަ މެޗުގައި ގެމަ ސިޓީ އަދި ބީވީ ސްޕައިކާސް ވާދަ ކުރި މެޗު ސީދާ 2 ސެޓުން ކާމިޔާބު ކުރީ ބީވީ ސްޕައިކާސް އެވެ. ބީވީގެ ދެވަނަ މެޗު ކްލަމްސީ އާއި ވާދަކޮށް ބަލިވި ނަމަވެސް ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެޗެ. މި ގުރޫޕުގައި ގެމަސިޓީ ވާދަކުރި ދެ މެޗުން ވެސް ވަނީ ބަލިވެފައެވެ.
މުބާރާތުގެ ސެމީ ފުރަތަމަ މެޗު 16:00 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗު 17:00 ގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގައި ޖުމްލަ 6 ޓީމަކުން ބައިވެރިވެފައިވާ އިރު މުބާރާތް ކުރިއަށްދާނީ 2 ގުރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ފުރަތަމަ މެޗު 24 ޖެނުއަރީ ގައި އޮންނާނެއެވެ. މި މެޗުގައި ވާދަކުރަނީ ހޫ ސްޕޯޓްސް ކުލަބު އަދި ބީޗް ބަމްޕާސް އެވެ. އަދި 2 ވަނަ މެޗުގައި ގެމަސީޓީ އަދި ވީބީ ސްޕައިކާސް ވާދަ ކުރާނެއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވާ ފައިސާގެ އިނާމަކީ 10،000 ( ދިހަހާސް ) ރުފިޔާއެވެ.އަދި ރަނަރަޕް ޓީމަށް 5000 ( ފަސްހާސް ) ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. މި މުބާރާތުގައި ކުޅުމުގެ ފުރުސަތު 15 އަހަރާއި 45 އަހާރައި ދެމެދުގެ ޒުވާނުންނަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 29 ޖެނުއަރީ 2025 ގައެވެ. މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

