ގއ ގެމަނަފުށީ އައިޑިއަލް ޖަމިއްޔާއިން އެރަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާޢްވާ ބީޗް ވޮލީ މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ކްލަމްސީ އަދި ބީޗް ބަމްޕާސް ވާދަކުރާގޮތަށް ހަމަޖެހިއްޖެއެވެ.
ގެމަނަފުށި ޒުވާންނުންނަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގެ ފުރަތަމަ މެޗު ކްލަމްސީން ވަނީ ވީބީ ސްޕައިކާސް އާއި ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ މެޗު ގެމަ ސިޓީއާއި ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާކޮށް ގުރޫޕް އެއްވަނަ ޓީމްގެ ގޮތުގައި ކްލަމްސީން ވަނީ ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ.
ބީޗް ބަމްޕާސް ކުޅުނު ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެވަނަ މެޗު ޑަޒަންޓް މެޓާ އާއި ވާދަކޮށް ސީދާ ދެ ސެޓުން ވަނީ ކާމިޔާބުކޮށްފައެވެ. މިއާއިއެކު ބީޗް ބަމްޕާސްއަށް ގުރޫޕް ދެވަނަ ޓީމްގެ ގޮތުގައި ވަނީ ސެމީގެ ޖާގަ ކަށަވަރު ވެފައެވެ.
މުބާރާތުގެ ސެމީ ފުރަތަމަ މެޗު 16:00 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗު 17:00 ގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގައި ޖުމްލަ 6 ޓީމަކުން ބައިވެރިވެފައިވާ އިރު މުބާރާތް ކުރިއަށްދާނީ 2 ގުރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގެ ފުރަތަމަ މެޗު 24 ޖެނުއަރީ ގައި އޮންނާނެއެވެ. މި މެޗުގައި ވާދަކުރަނީ ހޫ ސްޕޯޓްސް ކުލަބު އަދި ބީޗް ބަމްޕާސް އެވެ. އަދި 2 ވަނަ މެޗުގައި ގެމަސީޓީ އަދި ވީބީ ސްޕައިކާސް ވާދަ ކުރާނެއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވާ ފައިސާގެ އިނާމަކީ 10،000 ( ދިހަހާސް ) ރުފިޔާއެވެ.އަދި ރަނަރަޕް ޓީމަށް 5000 ( ފަސްހާސް ) ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. މި މުބާރާތުގައި ކުޅުމުގެ ފުރުސަތު 15 އަހަރާއި 45 އަހާރައި ދެމެދުގެ ޒުވާނުންނަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 29 ޖެނުއަރީ 2025 ގައެވެ. މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

