ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން (ބީ.ސީ.ސީ) ގެ އިސްވެރިން ވަޒީރު ޑރ. މަރްޔަމް މާރިޔާ އާ ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލުވުން އޮތީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގައެވެ. މި ބައްދަލުވުމުގައި ބީސީސީ އިން މޭ މަހު ބޭއްވުމަށް ތައްޔާރުވަމުންދާ “ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު” އާއި ގުޅޭގޮތުން މައުލޫމާތު ވަނީ ވަޒީރާހިއްސާކުރައްވާފައެވެ. އެގޮތުން މައުރަޒުގައި މި ވުޒާރާ އާ ގުޅިގެން ކުރެވިދާނެ ކަންކަމާއި ބެހޭ ގޮތުންނާއި، ދަނޑުވެރިންނަށް ހުރި ފުރުސަތުތަކާއި ގުޅޭ ގޮތުން ވަނީ މައުލޫމާތު ހިއްސާކުރައްވައި މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން ދަނޑުވެރިކަމުން އުފައްދާ ކާބޯތަކެތީގެ މާކެޓްކުރުމުގައި ދަނޑުވެރިންނަށްހުރި ގޮންޖެހުންތައް ހައްލުކުރުމުގައި ބީސީސީ އާއި މި ވުޒާރާ ގުޅިގެން ކުރެވިދާނެ ކަންކަމުގެ އިތުރުން، ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް ޅަ އުމުރުގައި ކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމުގެ މުހިންމުކަމާއި، އެކަމުގައި ކުރެވިދާނެ ކަންކަމާއި ގުޅެގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

