އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަހްމަދު ޝަރީފު އަބްދުއްރަހްމާން ޔޫސުފް އައްޔަނުކުރައްވައިފިއެވެ.
އެމްޓީސީސީ އިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އެކުންފުނީގެ ފަރާތުން ޝަރީފަށް ވަނީ މަރުޙަބާ ކިޔާފައެވެ.
ޝަރީފު ވަނީ މީގެ ކުރިން 2021 ވަނަ އަހަރު އާރްއޭސީއެލްގެ ނަން-އެގްޒެކިއުޓިވް ޑިރެކްޓަރުގެ މަގާމާ ވެސް ހަވާލުވެފައެވެ.
އެމްޓީސީއަށް ސަރުކާރުން އަައްޔަނުކޮށްފައިވާ މެމްބަރުންގެ ގޮތުގައި ތިއްބެވީ އެމްޑީ އަހުމަދު ސައުދީ އާއި ޑީއެމްޑީ މުހައްމަދު ޖަމްޝީދުގެ އިތުރުން ދެ ޑިރެކްޓަރުން އަލީ ނާއިލާއި ސިނާން އަލީއެވެ.

