ޓުއަރިޒަމް މިނިސްޓަރު ފައިސަލް ވަކިކުރެއްވުމާއި ގުޅިގެން ބައްޕާފުޅު އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރާއި އަދި ރައީސް ޑރ މުއިއްޒަށް ދެރަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި ގުޅުން ރަނގަޅު ނަމަ އެފަދަ ކަމެއް ނުކުރައްވާނޭ ކަމަށެވެ.
އޮންލައިން މީޑިއާ ދައުރަށް ފޯނުން ދެއްވި އިންޓަވިއުގައި އިތުރަށް އަބްދުއްރަހީމް ވިދާޅުވީ މިވީ ދުވަސްތަކުގައި ހިޔާނާތުގެ އެއްވެސް ކަމެއް އޭނާ ހިންގަވާފައި ނުވާ ކަމަށެވެ. އަދި ފައިސަލް ހާސިލްކުރަން ރައީސް ކަނޑައެޅުއްވި ލަނޑުދަނޑިތައް ވެސް ހާސިލްކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ވަކި ކުރައްވަން ޖެހޭ އެއްވެސް ސަބަބެއް ނޭނގޭ ކަމަށެވެ.
މިއީ ފައިސަލްގެ ވެސް ވަރަށް ބުރަ މަސައްކަތާއި ވަރަށް ބޮޑު ބައިވެރިވުމަކާ އެކު ގެނައި ވެރިކަމެއް މިއީ. އަނެއްކާ އޭނާއާ ގުޅޭ ގޮތުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެއްވެސް [ގޯސް] ކަމެއް ފާހަގަވެފައެއް ނެތް. އެހެން ވީމާ ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،” އަދުރޭ
ފައިސަލް ވަކިކުރެއްވުމުން ސަރުކާރާއި އެކު ހުންނަން ޖެހޭ ސަބަބެއް ނެތް ކަމުގައި އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.
އަދި ރައީސް އާއި ގުޅުން ރަނގަޅުނަމަ މިވަރުގެ ކަމެއް ނުކުރައްވާނޭ ކަމަށެވެ.

