އައްޑޫ ސިޓީ ހުޅުދޫ ގެއަކުން މަސްތުވާތަކެތި ގެންގުޅެ އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ 62 އަހަރުގެ މީހަކު މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކާއެކު ހައްޔަރުކޮށްފިއެވެ.
އައްޑޫ ސިޓީ ފުލުހުންގެ ބުނީ އެ މީހާ ހައްޔަރު ކުރީ، ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.
މި އޮޕަރޭޝަނަކީ ހުއްޓުމެއްނެތި އެތައް ގަޑިއިރެއް ވަންދެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފަައެވެ.
މި އޮޕަރޭޝަންގައި ހުޅުދޫގެ ގެއެއް ބަލައި ފާސްކުރުމަށްފަހު، އެ ގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ،
ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

