ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު (ޑީއެމްޑީ) ގެ މަޤާމަށް މުޙައްމަދު އާރިފް އައްޔަން ކޮށްފިއެވެ.
މި އައްޔަންކުރެއްވުމާ ގުޅިގެން ފެނަކައިން އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައި ބަޔާންކުރި ގޮތުގައި، މުޙައްމަދު އާރިފް އެ މަޤާމަށް އައްޔަންކުރެވުނު ކަމީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.
ފެނަކައިގެ އިސް މަޤާމުތަކަށް އައި ބަދަލުތަކުގެ ތެރޭގައި، ދާދި ފަހުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މުޙައްމަދު ނަޖާޙް އައްޔަންކުރެއްވިއެވެ. އަދި ހަމަ މީގެ އިތުރުން، ކުންފުނީގެ ބޯޑުގެ ޗެއަރމަންގެ މަޤާމަށް ޝިމާދު އިބްރާހީމް ވަނީ އައްޔަންކުރައްވާފައެވެ.
މި އައްޔަންކުރެއްވުންތަކާއެކު ފެނަކަ ކޯޕަރޭޝަންގެ އެންމެ އިސް މަޤާމުތަކުގެ އޮނިގަނޑަށް ވަނީ މުހިންމު ބަދަލުތަކެއް އައިސްފައެވެ.

