ގއ ގެމަނަފުށީ އައިޑިއަލް ޖަމިއްޔާއިން އެރަށުގެ ޒުވާނުންނަށް ހާއްސަކޮށްގެން ބާޢްވާ ބީޗް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ކްލަމްސީން ހޯދައިފިއެވެ.
މިމުބާރާތުގައި ކްލަމްސީން ވަނީ ކުޅުނު ހުރިހާމެޗެއް ކާމިޔާބުކޮށްފައެވެ. މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ ހޫ އެސްސީ އާއި ދެކޮޅަށެވެ. މެޗުގެ ފުރަތަމަ ސެޓު 21-10 ކާމިޔާބުކޮށް ދެވަނަ ސެޓު 21-13 އިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ވަނީ ހޯދާފައެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރާއްޖޭގެ ގައުމީ ޓީމްގެ ކުރީގެ ކުޅުންތެރިޔާ އަލީ އަކްބަރުއެވެ.
މިމުބާރާތަކީ ދެކުނުގައި ބޭއްވި ފުރަތަމް ބީޗް ވޮލީ މުބާރާތެވެ. އައިޑިއަލް ޖަމިއްޔާގެ ވިސްނުމަކީ އިތުރު ފޯރިއާއިއެކު މި މުބާރާތް މިއަންނަ އަހަރުވެސް ބޭއްވުމެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވާ ފައިސާގެ އިނާމަކީ 10،000 ( ދިހަހާސް ) ރުފިޔާއެވެ.އަދި ރަނަރަޕް ޓީމަށް 5000 ( ފަސްހާސް ) ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ. މި މުބާރާތުގައި ކުޅުމުގެ ފުރުސަތު 15 އަހަރާއި 45 އަހާރައި ދެމެދުގެ ޒުވާނުންނަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 29 ޖެނުއަރީ 2025 ގައެވެ. މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ހުވަދޫ މީޑިއާއެވެ.

