ޒަކާތު ހައުސްގެ 10 ބުރީގެ އިމާރާތެއް ހުޅުމާލޭގައި ގާއިމްކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ހުޅުމާލޭގައި ގާއިމްކުރެވޭ އިމާރާތަކީ ޒަކާތުގެ އިދާރާގެ އިތުރުން އޮފީސް ބައިތަކަށް ކުއްޔަށް ދެވޭ ޒަކާތު ފަންޑުގެ 10 ބުރީގެ ފުރަތަމަ އިންވެސްޓްމެންޓް ކަމަށެވެ. އަދި އިމާރާތުގެ އޮފީސް ބައިތަކުން ލިބޭ ފައިދާ ބެހިގެން ދާނީ ޒަކާތުގެ ހައްގުވެރިންނަށް ކަމަށް ވެސް ވަޒީރު ހާމަކޮށްފައިވެއެވެ. މިއަހަރު ތެރޭގައި އިމާރާތުގެ މަސައްކަތް ފަށާނެ ކަމަށް އުންމީދުކުރާކަމަށް ވަޒީރު ހާމަކޮށްފައިވެއެވެ.
ރައިސުލްޖުމްހޫރިއްޔާ ޑރ. މުޢިިއްޒު ވަނީ 2023 ޑިސެމްބަރ 18 ވަަނަ ދުވަހު ޒަކާތް ހައުސް އުފައްދަވާފައެވެ. އަދި ނިމިދިޔަ 2024 އަކީ ރާއްޖޭގެ ތާރީޚުގައިވެސް މުދަލު ޒަކާތް އެންމެ ގިނަ އަދަދަކަށް ލިބުނު އަހަރެވެ.

