ކުޑަކުދިން ހިމެނޭހެން 15 މީހަކާ އެކު ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ. މި ލޯންޗަކީ ރ. އުނގޫފާރުން ށ. މިލަންދޫއަށް ދަތުރު ކުރަމުންދިޔަ ލޯންޗެކެވެ.
މި ލޯންޗް ބަންޑުން ޖަހާލީ މިލަންޑޫ އާއި މާކަނޑޫދޫއާ ކައިރިންނެވެ. ބަންޑުން ޖަހާލި ލޯންޗްގައި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހަކު ހިމެނޭހެން ޖުމްލަ 15 މީހަކު ތިއްބެވެ.
އެ އެންމެންވެސް ސަލާމަތްކޮށް، އެރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދީފައި ވެއެވެ.
ބަންޑުން ޖަހާލި ލޯންޗް ނެގުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ.

