ދިވެހިންގެ މިނިވަންކަމުގެ ހައްގުގައި ޖިހާދުކުރި ބަޠަލުންނާއި ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ މި ވަޠަނަށް އުޖާލާ މާދަމާއެއް ހޯދައިދިނުމަށް ހިންމަތްކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ގައުމީ ވާޖިބު ކަމަށެވެ.
ޝަހީދުންގެ ދުވަހަކީ އަލިރަސްގެފާނު ޝަހީދުވެ ވަޑައިގެންނެވި ދުވަހާއި ގުޅުވައިގެން ދިވެހި ސަރުކާރުން ފާހަގަ ކުރަމުން އަންނަދުވަހެކެވެ. ގައުމުގެ ދިފާއުގައި ޕޯޗުގީޒުންނާއި ހަނގުރާމަ ކުރައްވަނިކޮށް އަލިރަސްގެފާނު ޝަހީދުވެ ވަޑައިގަތީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ އެއްވަނަ ދުވަހުގައެވެ. އެއީ މީލާދީ ތާރީޚުން 19 މޭ 1558 ގައެވެ.
ޝަހީދުންގެ ދުވަސް ރާއްޖޭގައި ފާހަގަ ކުރަން ފަށާފައި ވަނީ ރާއްޖެއަށް ޕޯޗްގީޒުންގެ އަތްދޮށުން ސަލާމަތްވިތާ 418 އަހަރުހާ ދުވަސް ފަހުންނެވެ. އެގޮތުން ޝަހީދުންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ ފެށުނީ ހިޖުރީ ގޮތުން 1400 ވަނައެވެ

