ދިވެހިންގެ ތެރޭގައި މަޝްހޫރު އަލީ ރަމީޒު ދީނީ އައު ޖަމިއްޔާއެއް އުފައްދައިފިއެވެ. މި ޖަމިއްޔާ އަށް ކިޔާފައިވާ ނަމަކީ "މަންފާ" އެވެ.
މިކަން ހާމަކޮށް އަލީ ރަމީޒު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މަންފާ ޖަމިއްޔާގެ މަޤްޞަދަކީ އިސްލާމްދީނުގެ ރިވެތި ވަޢުޡާއި އިރުޝާދު މީސްތަކުންނަށް ފޯރުކޮށްދިނުމާއި، އިސްލާމީ ދަންމަރު ދިވެހިރާއްޖޭގައި ނެގެހެއްޓުން ކަމަށެވެ.
އަދި މަންފާ ޖަމިއްޔާގެ މަޤްޞަދަކީ އިސްލާމްދީނުގެ ރިވެތި ވަޢުޡާއި އިރުޝާދު މީސްތަކުންނަށް ފޯރުކޮށްދިނުމާއި، އިސްލާމީ ދަންމަރު ދިވެހިރާއްޖޭގައި ނެގެހެއްޓުން ކަމަށް އަލީ ރަމީޒު ހާމަކޮށްފައިވެއެވެ.
އަލީ ރަމީޒު އަކީ ޖަމިއްޔަތުލް ސަލަފުގައި އިސްކޮށް ހަރަކާތްތެރިވެ އުޅުނު ބޭފުޅެކެވެ. އެ ޖަމިއްޔާގެ އޮޕަރޭޝަން މެނޭޖަރުގެ މަގާމުގައި ވެސް ހުރި އަލީ ރަމީޒު އެ ޖަމިއްޔާއިން ވަކިވެފައިވާކަން ހާމަކުރީ ނިމިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

